ގދ. ގައްދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓްގެ ކެޕޭސިޓީ ދެގުނައަށް ބޮޑުކުރުމަށް އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ގައްދޫ ކައުންސިލްގައި މިފްކޯގެ އިސްވެރިންނާ އެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހުއެވެ.
އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިސްމައިލް ފައުޒީއެވެ. އަދި ގައްދޫ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދެވެ.
މިފްކޯއިން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން އައިސްޕްލާންޓްގެ ކެޕޭސިޓީ ދެގުނައަށް އިތުރު ވުމާއެކު 100 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ވެސް ގާއިމު ކުރެވިގެން ދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު