ގަތަރު ވޯލްޑް ކަޕް 2022ގެ ގަދަ 16ގައި ރޭ ޕޯޗުގަލާ ދެކޮޅަށް ކުޅެ، ސްވިޒަލޭންޑް ބަލިވީ 6-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ރޭގެ ނަތީޖާއާއެކު ސްވިޒަލޭންޑުން އަހަރުތަކަކަށްފަހު ކުއާޓާ ފައިނަލަކަށް ކުރި އުންމީދުތައް ގެއްލި ދިޔައީއެވެ. މީގެ ކުރިން ސްވިޒަލޭންޑުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ކުޅެފައި ވަނީ ޖުމުލަ ތިން ފަހަރަކުއެވެ. އެއީ 1934، 1938 އަދި 1954 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިއީ ގަދަ 16 ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ.
"ބަލި ގަބޫލުކުރަން ޖެހޭ. ޕޯޗުގަލްއަށް އަހަރެން މަރުހަބާ ކިޔަން. ރޭގެ މެޗުގައި ވަރުގަދަ، މޮޅު ޓީމަކީ އެއީ. އެމީހުން އަހަރެމެންނަށް ދިނީ ސަޕްރައިޒެއް،" ކުރިން ގައުމީ ޓީމަށް ކުޅުނު ސްވިޒަލޭންޑްގެ ކޯޗު މުރަޓް ޔަކީން ބުންޏެވެ.
ކޯޗު ޔަކީން ބުނީ ޕޯޗުގަލް ކައިރިންވި ބައްޔާއެކު މުޅި ޓީމަށް ފާޑުކިޔައި، އެކަމުގައި ޖަޒުބާތީވާން ނުޖެހޭނެ ކަމަށާއި، މި ވޯލްޑް ކަޕްގައި ސްވިޒަލޭންޑުން ދެއްކި ޓީމު ރޫހަށް އުފާކުރަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ރޭގެ މެޗުން ބަލިވި ބޮޑު ސްކޯލައިނާއެކު އެކަމަށް ހިތާމަކުރާ ކަމަށާއި، އެކަމުން އަރައިގަންނަން ދުވަސްކޮޅެއް ނަގާނެ ކަމަށްވެސް ޔަކީން ބުންޏެވެ.
ޔަކީން ބުނީ ސަޕޯޓަރުންގެ އުންމީދުތަކެއް ހާސިލު ނުވެ އޮވެދާނެ ކަމަށާއި، މިވަގުތު އެކަމަށް މައާފަށް އެދި އަނެއްކާވެސް ބަލަންވީ ކުރިއަށް ކަމަށެވެ. ސްވިޒަލޭންޑްގެ ފުޓުބޯޅައިގެ ކުރިމަގަމަށް ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ގެންދާނަމަ، އުންމީދީ ނަތީޖާތަކެއް ފެންނާނެ ކަމަށްވެސް ޔަކީން ބުންޏެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022