ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ދިހަ އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ ހުކުމް ކުރީ މުހައްމަދު ޝައިބާން ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.
ހުކުމުގައި ބުނެފައި ވަނީ ކ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މުހައްމަދު ޝައިބާން 4 އޭޕްރީލް 2020 ވަނަ ދުވަހުގެ 03:00 އެހައިކަންހާއިއިރު، ކުއްޖާ ދިރިއުޅޭ ގޭގެ ގޯތި ތެރޭގައި ވަކިން ހަދާފައި ހުންނަ ތިން ކޮޓަރީގެ ތެރެއިން ކޮޓަރިއަކަށް ކުއްޖާ ގެންދިއުމަށްފަހު ކުއްޖާގެ ކުރިމަތިފަރާތަށް އަތް ވައްދައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އެ ކުއްޖާގެ ގައިގައި އަތްލާފައިވާ ކަމަށެވެ.
އެ މައްސަލާގައި ދައުލަތުން އޭނާއަށް ދައުވާކުރީ ކުޑަކުއްޖެެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގަ އެވެ.
އެކަމަކު ދައުވާއަށް ޝައިބާން އިންކާރުކުރުމާ ގުޅިގެން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހާއި ގަރީނާތަކަށް ބެލުމުން، އެ މައްސަލާގައި ޝަކުވާކުރި ކުއްޖާގެ ހެކި ބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތް ކަމަށާއި ޝައިބާނާ ގުޅޭގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުބައި ނިޔަތެއް އެ ކުއްޖާގެ ކިބައިގައި އޮތްކަން އެނގެން ނެތުމުންނާއި އެ ކުއްޖާގެ ހެކިބަހަކީ އާދަޔާ ހިލާފު ތެދު ހެކިބަހެއްކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކޯޓުން އިއްޔެ ކުރި ހުކުމްގައިވެ އެވެ.
އެހެންކަމުން އެ މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުން ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުން ޝައިބާން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން ޝައިބާން، ދިހަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުމްކޮށްފަ އެވެ. ނަމަވެސް އެ މައްސަލައިގެ ހުކުމްކުރުމުގެ ކުރިން ޝައިބާން ބަންދުގައި ދެ އަހަރާއި ހަ މަސް ދުވަހު ހުރެފައިވާތީ، ހުކުމް ވަނީ އެ މުއްދަތު އުނިކޮށް އޭނާ ތަންފީޒުކުރަން ޖެހޭނީ 7 އަހަރާއި 4 މަސް ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކަނޑައަޅައިފައެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން ޝައިބާންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެނަލައިސްކުރިއިރު އޭގެން އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި ފޮޓޯ ފެނިފައިވާތީ ދައުލަތުން އުފުލި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާވެސް ވަނީ ސާބިތުވެފައެވެ. އެ މައްސަލައިގައި އޭނާއަށް އިއްވީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު