ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގެ ފަސްވަނަ މެޗުގައި ޕޮލެންޑާއި އާޖެންޓީނާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
ދެކުނު އެފްރިކާގެ ގަދަ ބާރު ލިއޮނަލް މެސީއާއެކު އާޖެންޓީނާ މިރޭގެ މެޗަށް ނުކުންނާނީ މޮޅަކާއެކު ގަދަ 16 ޔަގީންކުރަން. އާޖެންޓީނާ ފުރަތަމަ މެޗުގައި ސައުދީ ކައިރިން ބަލިވުމާއެކު އެޓީމަށް ވަނީ ގަދަ 16 ޔަގީންކުރަން އިތުރު މަސައްކަތެއް ކުރަން ޖެހިފައި. ޕޮލެންޑަށް އެއްވަރު ކޮށްގެންވެސް ގަދަ 16 ލިބެން އޮތް އިރު، އެ ގްރޫޕުގައި ދެން މިރޭ ކުޅޭ އަނެއް މެޗުގައި ނުކުންނަ ސައުދީ އަރަބިއާއާއި މެކްސިކޯއަށްވެސް ގަދަ 16 ލިބެން އެބައޮތް. އެ މެޗުގައި މެކްސިކޯއަށްވުރެ ބޮޑަށް ފުރުސަތު އޮތީ ސައުދީއަށް.
- އާޖެންޓީނާއާއި ޕޮލެންޑް މީގެ ކުރިން 11 މެޗެއްގައި ވާދަކުރި
- އޭގެ ތެރެއިން ހަ މެޗަކުން މޮޅުވީ އާޖެންޓިނާ، ޕޮލެންޑުން މޮޅުވީ ތިން މެޗެއްގައި
- ދެގައުމުން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ކުޅުނީ 1974 ވަނަ އަހަރު
- އެ މެޗުން މޮޅުވީ ޕޮލެންޑް، އެއީ 3-2 ގެ ނަތީޖާއަކުން
- އޭގެ ފަހުން 1978 ވަނަ އަހަރު ވޯލްޑް ކަޕްގައި އާޖެންޓީނާއިން ޕޮލެންޑް ބަލިކުރީ 2-0 ގެ ނަތީޖާއަކުން
- އެއީ މި ދެގައުމުން ވޯލްޑް ކަޕްގައި ވާދަކުރި ހަމައެކަނި ދެ މެޗު
- އެންމެފަހުން ދެގައުމުން 2011 ވަނަ އަަހަރު ކުޅުނީ އެކުވެރިކަމުގެ މެޗެއްގައި، އެ މެޗުން މޮޅުވީ ޕޮލެންޑް
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022