ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީގެ ހަވަނަ މެޗުގައި އޮސްޓްރޭލިއާއާއި ޑެންމާކް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މެޗަށް ނުކުންނަ އިރު އޮސްޓްރޭލިއާއަށް އޮތީ ގަދަ 16 ޔަގީންކުރުމަށް ޑެންމާކް ބަލިކުރުން. އޮސްޓްރޭލިއާއަށް ޕޮއިންޓަކުން ގަދަ 16 ހޯދެން އޮތީ ފްރާންސާއި ޓިއުނީޝިއާ މެޗު އެއްވަރު ވެއްޖެނަމަ އެކަނި. ބަލިވެއްޖެ ނަމަ އޮސްޓްރޭލިއާ ކަޓާނެ. ޑެންމާކު އޮތީ އަމިއްލަ ބާރު ގެއްލިފައި. މޮޅުވި ނަމަވެސް އެޓީމަށް ގަދަ 16 ޔަގީންކުރެވޭނީ ޓިއުނީޝިއާ، ފްރާންސް ކައިރިން ބަލިވެއްޖެނަމަ، ނޫނީ އެ މެޗު އެއްވަރު ވެއްޖެނަމަ އެކަނި.
- ޑެންމާކާއި އޮސްޓްރޭލިއާ މީގެ ކުރިން ކުޅުނީ ހަތަރު މެޗެއް
- ދެ ޓީމުން ބައިނަލްއަގުވާމީ އެކުވެރިކަމުގެ ތިން މެޗެއް ކުޅުނު އިރު، ފުރަތަމަ މެޗު ކުޅުނީ 2007 ގައި
- އެ މެޗުން މޮޅުވީ ޑެންމާކް، ދެން 2010 ގައި ކުޅުނު މެޗުން އޮސްޓްރޭލިއާ މޮޅުވީ 1-0 އިން
- އޭގެ ފަހުން 2012 ގައި ކުޅުނު މެޗުން މޮޅުވީ އަނެއްކާވެސް ޑެންމާކު، އެއީ 2-0 އިން
- އެންމެފަހުން ދެ ޓީމު ކުޅުނީ 2018 ގެ ވޯލްޑް ކަޕްގައި، އެމެޗު 1-1 އިން ވީ އެއްވަރު
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022