ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީގެ ފަސްވަނަ މެޗުގައި އިންގްލެންޑާއި ވޭލްސް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މެޗަށް ނުކުންނަ އިރު، އިންގްލެންޑް އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައި. ފުރަތަމަ މެޗުގައި އިރާން ކައިރިން އިންގްލެންޑް މޮޅުވީ 6-2 ގެ ނަތީޖާއަކުން. ދެވަނަ މެޗުގައި އެމެރިކާއާ އެއްވަރުވީ ގޯލެއް ނުޖެހި. އިންގްލެންޑަށް މިރޭ ޕޮއިންޓަކުންވެސް ގަދަ 16 ޔަގީންވާނެ. އަނެއްކޮޅުން ވޭލްސްއަށްވެސް މޮޅަކާއެކު ގަދަ 16ގެ އުންމީދެއް އެބައޮތް. އެހެން ނަމަވެސް ވޭލްސްއަށް އޮތީ ހަނި ފުރުސަތެއް. އެއީ ވޭލްސްއަށް ލިބިފައި ވަނީ ޕޮއިންޓެއް ކަމަށްވުމާއެކު. ވޭލްސް ފުރަތަމަ މެޗުގައި އެމެރިކާއާ 1-1 އިން އެއްވަރުވި އިރު، ދެވަނަ މެޗުގައި އިރާން ކައިރިން ބަލިވީ 2-0 ގެ ނަތީޖާއަކުން.

  • އިންގްލެންޑް ކޯޗު ސައުތުގޭޓަށް މިހާރުވެސް ވަނީ މީޑިއާ ޕްރެޝަރާ ކުރިމަތިލާން ޖެހިފައި
  • އެއީ ކުޅުންތެރިން ބޭނުންކުރާ ގޮތަށް މީޑިއާތަކުން ފާޑުކިޔާފައިވާތީ
  • ފުރަތަމަ 11 ގައި ފިލްފޮޑެން ނުހިމަނާތީ މީޑިއާތަކުން ސައުތުގޭޓަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވޭ
  • މިރޭގެ މެޗުގެ ފުރަތަމަ 11 އަށް ސައުތުގޭޓް ވަނީ ފޮޑެން ނެރެފައި
  • ސައުތުގޭޓް މެޗުގެ ކުރިން ބުނީ މިއީ ވޯލްޑް ކަޕް ކަމަށް، ޓެސްޓުކުރަން ކުޅުންތެރިން ނޭރުވޭނެ ކަމަށް
  • ވޭލްސްއާއި އިންގްލެންޑަކީ އެންމެ ޒަމާންވީ ފުޓުބޯޅަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ދެ ޓީމު
  • މީގެ ކުރިން ވޭލްސްއަށް އިންގްލެންޑް 100 އަށްވުރެ ގިނަ ފަހަރު ވާދަކޮށްފައި
  • އޭގެ ތެރެއިން ހަ މެޗަކީ ވޯލްޑް ކަޕްގެ މެޗުތައް، ވޭލްސްއަށް ވޯލްޑް ކަޕްގައި އިންގްލެންޑް ބަލިކުރެވިފައެއް ނުވޭ