ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭގެ ފަސްވަނަ މެޗުގައި ޕޯޗުގަލާއި އުރުގުއާއީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މެޗަށް ނުކުންނަ އިރު ގަތަރަށް އޮތީ ދެ މެޗުން ބަލިވެ، ގްރޫޕް ސްޓޭޖުން ކަޓާނެކަން ޔަގީންވެފައި. އަނެއްކޮޅުން ނުކުންނަ ނެދަލޭންޑްސްއަށް ކޮލިފިކޭޝަން ޔަގީންކުރަން ބޭނުންވަނީ ޕޮއިންޓެއް. ބަލިވެއްޖެނަމަ، ގަދަ 16 އަށް ދާން އޮތީ ހަނި ފުރުސަތެއް.
ނެދަލޭންޑްސްއިން ފުރަތަމަ ކުޅުނު މެޗުގައި ސެނެގާލް ބަލިކުރީ 2-0 ގެ ނަތީޖާއަކުން. ދެވަނަ މެޗުގައި އެކުއެޑޯއާ އެއްވަރުވީ 1-1 އިން. ގަތަރުން ފުރަތަމަ މެޗުގައި 2-0 އިން އެކުއެޑޯ ކައިރިން ބަލިވި އިރު، ދެވަނަ މެޗުގައި ސެނެގާލް އަތްދަށުވީ 3-1 ގެ ނަތީޖާއަކުން.
- މީގެ ކުރިން ގަތަރާއި ނެދަލޭންޑްސް އެއްވެސް މުބާރާތެއްގައި ވާދަކޮށްފައެއް ނުވޭ
- ނެދަލޭންޑްސްއިން ވޯލްޑް ކަޕްގައި އޭޝިއާގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ހަތަރު މެޗުންވެސް ވަނީ މޮޅުވެފައި
- މިއީ ނެދަލޭންޑްސްއިން ހޯސްޓް ގައުމަކާ ކުޅެން ޖެހޭ ހަތަރުވަނަ ފަހަރު، ކުރިން ކުުޅުނު ތިން މެޗުގެ ތެރެއިން ދެމެޗަކީ ފައިނަލްތައް
- 1974 ވަނަ އަހަރު ފައިނަލްގައި ޖަރުމަނު އަތުން އެގައުމުގައި ބަލިވި އިރު، 1978 ވަނަ އަހަރު އާޖެންޓީނާ ކައިރިންވެސްވީ ބަލި
- 2014 ވަނަ އަހަރު ހޯސްޓް ބްރެޒިލް ބަލިކޮށް ނެދަލޭންޑްސް ތިންވަނަ ހޯދި
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022