ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގެ ހަތަރުވަނަ މެޗުގައި ބްރެޒިލާއި ސްވިޒަލޭންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭގެ މެޗަށް ނުކުންނަ އިރު، ދެޓީމުވެސް އޮތީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައި. މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ގަދަ 16 ޔަގީންވާނެ. ދެ ޓީމުންވެސް ނުކުންނާނީ އެ ފުރުސަތުގެ ބޭނުން ކުރަން. ބްރެޒިލް ފުރަތަމަ މެޗުގައި ސާބިއާ ބަލިކުރީ 2-0 ގެ ނަތީޖާއަކުން. އެ މެޗުގައި ބްރެޒިލްގެ ދެ ގޯލުވެސް ޖެހީ ރިޗާލިސަން. ސްވިޒަލޭންޑުން ފުރަތަމަ މެޗުގައި ކެމަރޫން ބަލިކުރީ 1-0 ގެ ނަތީޖާއަކުން. މެޗުގައި ގޯލު ޖެހީ ބްރީލް އެމްބޯލޯ.
- ނޭމާގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ދެން ނުކުޅެވޭނެކަން ވަނީ ޔަގީންވެފައި
- ބްރެޒިލްގެ ތަރި ނޭމާއަށް އަނިޔާވީ އެޓީމުން ސާބިއާއާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖު މެޗުގައި
- މެޗުގައި އަނިޔާވީ ނޭމާ ފައިގެ ކުޑަހުޅަށް، ޓީމް ޑޮކްޓަރު ބުނީ އަނިޔާވީ ލިގަމެންޓަށް ކަމަށް
- އަނިޔާއާ ގުޅިގެން ނޭމާ ވަނީ އަސަރުގަދަ މެސެޖެއް މީޑިއާއަށް ދޫކޮށްލައިފައި
- ކޯޗު ޓީޓޭ ބުނީ ނޭމާ އަދި މި މުބާރާތުގައި ކުޅޭނެކަމުގެ އުންމީދު ބޮޑު ކަމަށް
ބްރެޒިލާއި ސްވިޒަލޭންޑް މީގެ ކުރިން ނުވަ މެޗެއްގައި ކުރިމަތިލި. އޭގެ ތެރެއިން ތިން މެޗުން ބްރެޒިލް މޮޅުވި އިރު، ސްވިޒަލޭންޑް ވަނީ ދެ މެޗުން މޮޅުވެފައި. އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެން. އެންމެފަހުން ދެ ޓީމު ވާދަކުރީ 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން. އޭގެ ކުރީ ވޯލްޑް ކަޕެއްގައި ދެގައުމުން ކުޅުނީ 1950 ގައި. އެމެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022