ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ މިއަހަރުގެ ފަހު ޖަލްސާ ކަމަށާއި، މިއަދުގެ އެޖެންޑާފައިވާ ކަންކަމަށް ވޯޓަށް އަހާނީ ހުރިހާ މަސައްކަތެއް ނިމުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޖަލްސާގެ މިއަދުގެ އެޖެންޑާގައި، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ވޯޓަށް އެހުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.
އޭގެ އިތުރުން އެކި ބިލުތަަކާއި ބައެއް ގަރާރުތައް ދިރާސާކޮށް ކޮމިޓީތަކުން ނުވަ ރިޕޯޓެއް މިއަދުގެ ޖަލްސާއަށް ހުށަހެޅުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
މަޖިލިސް ރައީސް ވިދާޅުވީ މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ފަށާނީ އެ ނުވަ ރިޕޯޓުގެ މަސައްކަތް ނިންމުމުން އެ ރިޕޯޓުތަކާއި، ބަޖެޓަަށް ކަމަށެވެ. އެހެންކަމުން މިއަދުގެ ޖަލްސާ ދިގުދެމިގެން ހިނގައިދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއަދުގެ ޖަލްސާގައި ވޯޓުގެ ގަޑި އަންދާޒާކުރަން ދަަތި ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާއަށްފަހު މަޖިލިސް ރިސެސްއަށް ދާނެ އެވެ. ދެން މަޖިލީހުގެ ޖަލްސާތައް ފަށާނީ މަޖިލިސް ގަވާއިދުގައިވާގޮތުގެމަތިން އަންނަ އަހަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލިސް އެ އަހަރަށް ހުޅުއްވައިދެއްވުމުންނެވެ.