ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީގެ ހަތަރުވަނަ މެޗުގައި ފްރާންސާއި ޑެންމާކު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

އެންމެފަހުގެ ޗެމްޕިއަން ފްރާންސުން މިރޭގެ މެޗަށް ނުކުންނަނީ ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ކައިރިން 4-1 ގެ ނަތީޖާއަކުން މޮޅުވެފައި އޮވެގެން. އެޓީމުން ރަނގަޅަށް ވޯލްޑް ކަޕް ފަށައި، ފޯމުގައި އޮތް ނަމަވެސް ޑެންމާކަކީ ފްރާންސަށް އުނދަގޫ ޓީމެއް. އެންމެފަހުން 2018 ވަނަ އަހަރު ވޯލްޑް ކަޕްގައި ދެ ޓީމުން ކުޅުނު މެޗު ވީ އެއްވަރު. އަދި މިދިޔަ ފަސް ވަރަކަށް މަސް ދުވަހުގެ ތެރޭގައި ނޭޝަންސް ލީގުގައި ދެޓީމުން ކުރިމަތިލި ދެ މެޗުވެސް ކާމިޔާބުކުރީ ޑެންމާކުން. ޑެންމާކަކީ އެންމެފަހުން ޔޫރޯގެ ސެމީ ފައިނަލްގައި ކުޅުނު ޓީމެއް.

  • ޑިޑިއޭ ޑިޝޭމްޕްސް - ފްރާންސް

"ޑެންމާކަކީ ޓީމެއްގެ ގޮތުގައި މާ ބޮޑަށްވެސް ދަށްކުރެވޭ ޓީމެއް. މިދިޔަ ހަތަރު މަހު ޑެންމާކުން ދެ ފަހަރަށް ފްރާންސް ބަލިކޮށްފި. މި ދައްކަނީ މީގެ ހަތަރު މަސް ކުރީގެ ވާހަކަ. ޑެންމާކު އަހަރެންނަށް އުނދަގޫތަކެއް ކުރިމަތިކުރުވާ. އެއީ މި މެޗުން ވެގެންވާނެ ގޮތެއް ނޫންކަން އެނގި ތިބެ ނުކުންނާނީ. އެ ވާހަކަދައްކަނީ ބަދަލު ހިފާކަށް ނޫން. ޑެންމާކު އަހަރެމެންނަށް އެނގޭތީ. އެކި ސްޓައިލުގެ ފުޓުބޯޅަ ޑެންމާކު ކުޅޭނެ. އެހެންވީމަ އެކި ކަހަލަ އުނދަގޫ ޓީމަށް ކުރިމަތިކުރުވާ ޓީމެއް ޑެންމާކަކީ،"

"ފްރާންސްގެ ޗާލު ފެށުމަށް ޖެހިލުމެއް ނުވޭ. އެޓީމާ ދެކޮޅަށް ޑެންމާކު ނުކުންނާނީ އަނެއްކާވެސް މޮޅަކަށް. މިހެން ބުނަނީ އިހުތިރާމް ކުޑަކުރުމަކަށް ނޫން. ދުނިޔޭގެ ޗެމްޕިއަން ފްރާންސަށް އިހުތިރާމް ކުރަން ޖެހޭނެ. އެޓީމަކީ ބޮޑެތި މުބާރާތްތަކުގައި ތަފާތު ޓީމަކަށްވެސް ވާނެ. އަބަދުވެސް ވޯލްޑް ކަޕްގައި ފްރާންސް ތަފާތު ފެންނާނެ. އެހެންނަމަވެސް ޑެންމާކަށް އޮތީ ޔަގީންކަމެއް، އުންމީދެއް،"