ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގެ ދެވަނަ މެޗުގައި ޕޯޗުގަލާއި ގާނާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ޕޯޗުގަލަކީ ޔޫރަޕްގެ ގަދަބާރެއް. ތަރިންގެ ޓީމެއް. އެއާއެކު އެޓީމަށް އެންމެ ބޮޑު ސަމާލުކަމެއް ހުއްޓެނީ ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަބަބުން. 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިންވަނަ ޕޯޗުގަލް ހޯދި. އެ ވޯލްޑް ކަޕްގައި ބެލޮންޑިއޯ ހޯދި އިއުސޭބިއޯ ޑަ ސިލްވާ ފަދަ ކުޅުންތެރިން ފާހަގަވި. ލުއިސް ފީގޯ ފަދަ ތަރިންނާއެކު 2002 ވަނަ އަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ހިތްދަތި ގޮތަކަށް ޕޯޗުގަލް ކަޓައިގެން ދިޔައިރު، 2006 ވަނަ އަހަރު ވޯލްޑް ކަޕްގައި ޕޯޗުގަލުން ސެމީ ކުޅުނު.

އެފަހަރު ޕޯޗުގަލް ހަތަރުވަނަ ހޯދީ ގަދަ 16 ގައި ނެދަލޭންޑްސް ބަލިކޮށް، ކުއާޓާ ފައިނަލުގައި އިންގްލެންޑްވެސް ބަލިކޮށްފައި. އެންމެފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް 2018 އިން ޕޯޗުގަލް ކެޓީ ގަދަ 16 ގައި އުރުގުއާއީ އަތްދަށު ވެގެން.

އަނެއްކޮޅުން ނުކުންނަ ގާނާ، ވޯލްޑް ކަޕްގެ ތާރީހު އެގައުމުން ލިޔަން ފެށީ 2006 ވަނަ އަހަރުން ފެށިގެން. އޭގެކުރިން ހަތަރު ވޯލްޑް ކަޕަކަށް ގާނާ ކޮލިފައިވި ނަމަވެސް، 1966، 1970 އަދި 1982، 1986 ވަނަ އަހަރު ވޯލްޑް ކަޕުން އެޓީމު އަމިއްލައަށް ވަކިވި. 2000ގެ އަހަރުތަކުން ފެށިގެން ގާނާގެ ފުޓުބޯޅައަށް އިންގިލާބީ ބަދަލެއް ގެނެސް، ޒުވާން ޖީލެއް ނެރުނު. 2006 ވަނަ އަހަރު ވޯލްޑް ކަޕްގެ ކުއާޓާއަށް ގާނާ ދިޔައީ އެންމެ ޒުވާން ޓީމާއެކުގައި. 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާއިން ގާނާ ކެޓީ ޕެނަލްޓީ ޖަހައިގެން އުރުގުއާއީ އަތުން. ހަތަރު ފަހަރު އެފްކޯން ކާމިޔާބުކުރި ގާނާ އެންމެފަހުން 2014 ވަނަ އަހަރު ވޯލްޑް ކަޕުން ކެޓީ ގްރޫޕް ސްޓޭޖުން.

  • ރޮނާލްޑޯއަކީ ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ
  • ޕޯޗުގަލްގެ ކެޕްޓަނަކީވެސް ރޮނާލްޑޯ
  • ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރަށް ރޮނާލްޑޯ ހޯދައިފައިވޭ
  • ކެރިއަރުގައި 800 އަށްވުރެ ގިނަ ގޯލު ޖަހައި، ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ކުޅުނު 191 މެޗުން ރެކޯޑު 117 ގޯލު ޖަހައިފައި
  • މިއީ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕަށް ވުން ގާތް، އެއީ ރޮނާލްޑޯގެ އުމުރުން 37 ކަމަށްވުމުން
  • ރޮނާލްޑޯ ނުކުންނާނީ ކެރިއަރުގައި މަދުވާ ތަށި، ޓްރޮފީ ކެބިނެޓަށް އިތުރު ކުރުމަށް
  • ވޯލްޑް ކަޕްގެ ކުރިން ރޮނާލްޑޯގެ ކްލަބު، ޔުނައިޓެޑާ މައްސަލަ ޖެހުނު
  • މައްސަލަ ޖެހި މިހާރު ވަނީ އެއްބަސްވުންވެސް އުވާލާފައި، ރޮނާލްޑޯ ހުރީ ފްރީ އެޖެންޓެއްގެ ގޮތުގައި
  • ރޮނާލްޑޯ ނުކުންނަނީ ފަސްވަނަ ވޯލްޑް ކަޕަށް، އޭނާ ވަނީ މިދިޔަ ހަތަރު ވޯލްޑް ކަޕްގައިވެސް ގޯލު ޖަހާފައި