ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މި މަޝްރޫއުއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އޭޕްރިލް 6، 2021ގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. މަޝްރޫއުގެ އަގަކީ 19.4 މިލިއަން ރުފިޔާއެވެ.

މަޝްރޫއުގެ ފަހުގެ މައުލޫމާތު ދެމުން އެމްޓީސީސީން މިއަދު ބުނީ، މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފއިވާ ކަމަށެވެ. އަދި ބޭރުތޮށީގެ ހިލަ ޕްރޮފައިލްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 1.5 ހެކްޓަރުގެ ބިން ހިއްކުމާއި 138،247 މީޓަރުގެ ސަރަހައްދެއް ލެވެލް ކުރުމާއި 214 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 100 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ.