ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި އިންގްލެންޑާއި އިރާން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
އެފްރިކާގެ ޗެމްޕިއަން ސެނެގާލުން މިފަހަރުގެ ވޯލްޑް ކަޕް ފަށާ މެޗަށް މިރޭ ނުކުންނާނީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ސަޑިއޯ މާނޭ ނުލައި. މާނޭ ނެތުމަކީ ޓީމަށް ލިބުނު އެންމެ ބޮޑު މާޔޫސްކަން. މާނޭއަށް ވޯލްޑް ކަަޕް ގެއްލުނީ ވޯލްޑް ކަޕަށް ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ލިބުނު އަނިޔާއެއްގެ ސަބަބުން.
އަނެއްކޮޅުން ނުކުންނަ ނެދަލޭންޑްސްއަކީ ޔޫރަޕް ފުޓުބޯޅައިގެ ވަރުގަދަ ނަމެއް. އަހަރުތަކަކަށްފަހު ނެދަލޭންޑްސް މިފަހަރުގެ މުބާރާތަށް ނުކުންނާނީވެސް އުންމީދީ ޓީމަކާއެކުގައި. ނެދަލޭންޑްސްއަށް އެންމެފަހުގެ 2018 ވަނަ އަހަރު ވޯލްޑް ކަޕް ގެއްލިފައިވާ އިރު، މާޔޫސީ އެއަހަރުތައް ނިންމައި ނެދަލޭންޑްސްއިން 2019 ވަނަ އަހަރު ނޭޝަންސް ލީގުގެ ރަނަރަޕްކަން ހޯދި ހިސާބުން އެގައުމުގެ ފުޓުބޯޅައަށް އުންމީދެއް އައި. މިއީ އެޓީމަށް ފެންވަރު ދައްކާލަން ލިބޭނެ އެންމެ ފަހި ފުރުސަތު.
- ދޯހާގެ ބައިނަލްއަގުވާމީ އެއާޕޯޓާއި އެންމެ ގާތުގައި އޮންނަ ސްޓޭޑިއަމް
- 40،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް
- 342 މިލިއަން ޑޮލަރުގެ މި ސްޓޭޑިއަމް ބިނާކޮށްފައި ވަނީ 50،000 އަކަފުޓޫގެ ޕާކެއްގައި
- ވޯލްޑް ކަޕަށްފަހު 20،000 ޖާގައަށް މަދުކޮށް، ސްޓޭޑިއަމްގައި ބޮޓީކު ހޮޓާތަކާއެކު ކުޅިވަރަށް ހާއްސަ ކްލިނިކެއް، އަދި މިސްކިތެއްވެސް ބިނާކުރާނެ
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022