ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި 13 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންގައި މިހާތަނަށް އައްޑޫ ސިޓީން ނުވަ މީހަކާއި މާލޭން ދެ މީހަކާއި ކ. ގުރައިދޫން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ އެންޓި ޓެރަރިޒަމް އޮޕަރޭޝަންގައި އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުވެސް ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.