މާލޭގައި އުޅޭ ބިދޭސީންގެ ތެރެއިން ރެއިން ފެށިގެން ހަބަރެއްވެފައިވާ ނުވާ ބިދޭސީންގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިއަދު ބުނީ މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ މީހުނާއި ފަރުވާދެމުން އަންނަ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ފުލުހުން ބުނީ މ. ނިރުފެހި އަދި މ. ސެންޑް ރޯސްގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެއަށް ރޭ ގޮސްފައިވާކަމަށް ބެލެވޭ މީހުންގެ މައުލޫމާތު އަދި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން، ރެއިންފެށިގެން ހަބަރެއް ވެފައި ނުވާ ބިދޭސީންގެ މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.
މި ބިދޭސީންގެ މައުލުމާތު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގެ ގަރާޖެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. ނަމަވެސް އެ މީހުންނަކީ ކޮން ގައުމެއްގެ ކޮން ބައެއްކަން އަދި ވަނީ ދެނެ ނުގަނެވިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު