މާލޭގެ ގަރާޖެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 10 އަށް އަރައިފިއެވެ.
އެ ހާދިސާގައި މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު 10 އަށް އަރާފައިވާކަން އެމްއެންޑީއެފުން މިއަދު ވަނީ ކަށަވަރުކޮށްދީފައެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފުރަތަމަ ފެނުނު ދެ މީހުން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި އޭގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށެވެ.
އަދި އިމާރާތުގެ ތެރޭގައި ކުރިއަށް ގެންދިޔަ ސާޗް އެންޑް ރެސްކިއުގެ ތެރެއިން ނުވަ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުން ދިހަ މީހުން މަރުވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެމްއެންޑީއެފް އަދި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު