މާލޭގެ ގަރާޖެއްގައި މިރޭ ރޯވި އަލިފާންގަނޑު ކޮންޓްރޯލުކޮށްފިއެވެ.
ގަރާޖުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލުކުރެވިފައިވަނީ މިރޭ 2:00 ގެ ފަހުންނެވެ. އެ ސަރަހައްދުން ދެ މީހަކު ވަނީ އެމްބިއުލާންސްގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެ ދެމީހުންގެ ހާލަތާ ބެހޭ ތަފްސީލެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.
ފުލުހުން ބުނީ، މިރޭ 12:27 ހާއިރު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު އިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ ގަރާޖަކީ ކާރު ޕެއިންޓުކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ ކެމިކަލް ހުރި ގުދަނެކެވެ. އަލިފާން ހިފާފައި ހުރީ ގަރާޖު އިމާރާތުގެ އެތެރޭ ފަޅީގައެވެ. ގަރާޖުގެ ތެރެއިން ގޮވުމުގެ އަޑުތަކެއް އިވުނު އިރު، އެއީ ކެމިކަލްތަކުގައި އަލިފާން ހިފުމުން ގޮވި އަޑެއް ކަމަށް ބެލެވެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުން މީހުން ވަނީ ހުސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު