އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި މަރިޔަމް ޝިފާގެ މައްޗަށް ޖިނާއީ ދައުވާކުރެވޭ ވަރަށް ހެކި ނެތިގެން ފުލުހުން މައްސަލަ ފައިލްކޮށްފިއެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ޝިފާ އާއި އެހެން އަންހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުން ފުލުހުން ވަނީ އެ މައްސަލަ ބަލަން ފަށައިފައެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަޝްވަރާއަށް ފޮނުވުމުން، އެ މައްސަލައިގެ ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕީޖީން އަންގާފައިވާ ކަމަށެވެ. ޕީޖީން އެގޮތަށް އެންގުމުން އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގުގެ ތެރެއިން ޝިޕާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.
އެ މައްސަލައާ ގުޅިގެން ޝިފާ ބުނެފައިވަނީ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކީ އެޑިޓެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު