ރާއްޖެއިން ކޮވިޑު ބަލީގައި މި މަހުގެ މިހާތަނަށް ހަތަރު މީހަކު މަރުވެއްޖެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ރާއްޖެއިން މި ބަލީގައި މި މަހުގެ ތެރޭގައި ގުރައިދޫ މަރުކަޒުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން 46 އަހަރުގެ އަންހެނަކާއި 86 އަހަރުގެ ފިރިހެނަކު ވަނީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައެވެ. މި ދެ މީހުންވެސް މަރުވެފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.
އޭގެ އިތުރުން ހަރަކާތެއް ނެތިގެން އިއްޔެ އޭޑީކޭ ހޮސްޕިޓަލުގެ އެމަޖެންސީއަށް ގެންދިޔަ 82 އަހަރުގެ އަންހެނަކު މަރުވެފައިވާއިރު، އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ރޭގެ ވަގުތެއްގައި މަރުވެގެން ހުޅުމާލޭ ހޮސްޕިޓަލުގެ އެމަޖެންސީއަށް ގެންދިޔަ 87 އަހަރުގެ ފިރިހެނަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މި މަރުތަކާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 311 އަށް އަރައިފައެވެ. އެއީ 292 ދިވެހިންނާއި 19 ބިދޭސީންނެވެ.
ކޮވިޑުގެ ހާލަތު ރަނގަޅުވެފައި އޮތުމަށްފަހު އަނެއްކާވެސް އަދަދުތައް އިތުރުވެ އެޑްމިޓުކުރާ ރޭޓުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވި ހަފުތާގައި 90 މީހަކަށް ކޮވިޑް ޖެހިފައިވާއިރު 25 މީހަކަށް ދަނީ އެޑުމިޓްކޮށް ފަރުވާދެމުންނެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު