ކ.ކާށިދޫ ގަހާ، އަޒުރާ އަބޫބަކުރު (55އ) އަކީ ފުއްޕާމޭގެ ކެންސަރުގެ ވޭން އުފުލާތާ ފަސްއަހަރު ހޭދަކޮށްފައިވާ މީހެކެވެ. ބަލި ހާލު ބޮޑުވެ، އެއްފަހަރު ކީމޯ ހައްދައިގެން އައިސް އެއްވެސް ބަދަލެއް ނައުމުން އަނެއްކާވެސް ކީމޯ ތެރަޕީ ހެއްދުމަށް އަޒުރާ މިހާރު ވަނީ އިންޑިޔާގެ ކޮޗިންގެ ހޮސްޕިޓަލެއްގައި އެނދުމަތި ކުރެވިފައެވެ.
މިހާރު ދެމުން އަންނަ ފަރުވާއަކީ 6މަސް ދުވަސްވަންދެން އެނދުމަތި ކޮށްގެން ދޭން ޖެހޭ ފަރުވާއެއްކަމަށް ޑޮކްޓަރު ވަނީ އިރުޝާދުދެއްވާފައެވެ. އާސަންދައިން އެހީ ލިބިފައިވަނީ ހަމައެކަނި އަޒުރާއަށާއި އަޒުރާގެ ފަރުވާއަށެވެ.
އަޒުރާއަކީ 8 ކުދިންނާއި 10 މާމަކުދިން ތިބި މީހެއް ނަމަވެސް އާއިލާގެ ފުދުންތެރިކަން ހުރި މިންވަރަކުން ވެވުނު އެހީތައް ވެދެމުން އައިސް މިހާރު މިވަނީ އެހެން ބައެއްގެ އެހީއާނުލައި އުޅެވޭވަރަށްވުރެ މާބޮޑަށްވެސް އަތްމަތި ދަތިވެ ހާލުދެރަވެފައެވެ.
އަޒުރާގެ މިފަރުވާއަށް މަޑުކުރަން ޖެހޭ 6މަސްދުވަހު އެތާނގައި ތިބެގެން ކުރާން ޖެހޭނެ ބޮޑު ހަރަދު އަމިއްލައަށް ކުރެވޭނެ ތަނަވަސްކަމެއް އަޒުރާގެވެސް އަދި އޭނާގެ އާއިލާގެވެސް ނެތްކަމަށް އެމީހުން ބުނެއެވެ. މިހާރު ހާލަތު ހުރިގޮތުން ފަރުވާ ހުއްޓާލާފައި އެނބުރި ރާއްޖެ އާދެވޭނެ ގޮތެއްވެސް ނެތެވެ. އޮތް ހަމައެކަނި ގޮތަކީ މާލީ އެހީތެރިކަން ލިބިގެން ފަރުވާކުރިޔަށް ގެންދެވޭނޭ މަގެއް ފެނުމެވެ.
އަޒުރާއަށް އެހީތެރިކަމެއް ފޯރުކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން ތިރީގައިމިވާ އެކައުންޓު ބޭނުންކޮށްގެން އެހީތެރިވެދެއްވުމަށް އާއިލާއިން އެދެއެވެ.
- ދިވެހި ރުފިޔާ ބީއެމްއެލް އެކައުންޓް ނަންބަރ: 7701166136101 - އަބްދުﷲ އާގިލް (ދަރިފުޅު)
- ޔޫއެސް ޑޮލަރު ބީއެމްއެލް އެކައުންޓް ނަންބަރ: 7770000079288 - އިސްމާއީލް އާއިޒް (ދަރިފުޅު)
- އިތުރު މައުލޫމާތު ހޯއްދެވުމަށް: 9924997 އަށް ގުޅުއްވާށެވެ.
ސިއްހަތު
ސިއްހަތު
ސިއްހަތު
ސިއްހަތު