ޗެލްސީގެ އިންގްލެންޑް ރައިޓް ބެކް، ބެން ޗިލްވެލްއަށް ވޯލްޑް ކަޕް ގެއްލޭނެކަން ޔަގީން ވެއްޖެއެވެ.
ޗެލްސީން އެންމެފަހުން ޗެމްޕިއަންސް ލީގުގައި ޑައިނަމޯ ޒަގްރަބާ ދެކޮޅަށް ކުޅުނު މެޗުގައި ޗިލްވެލް ބާލަން ޖެހުނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. ޗިލްވެލްއަށް ހެމްސްޓްރިން އަނިޔާއެއް ލިބިފައިވާ ކަމަށާއި، އަނިޔާގެ ބޮޑުމިނަށް ބަލައި، އޭނާއަށް ޔަގީނުންވެސް ވޯލްޑް ކަޕް ގެއްލޭނެކަން މިއަދު ޗެލްސީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. ބަޔާނުގައި ބުނެފައި ވަނީ ޗިލްވެލް މިވަގުތު ދަނީ ރިކަވަރީއަށް މަސައްކަތް ކުރަމުން ކަމަށާއި، ވޯލްޑް ކަޕަށްފަހު އޭނާ ކްލަބު މެޗުތަކަށް ކުޅުމަށް ނުކުންނާނެ ކަމަށެވެ.
އިންގްލެންޑް ގައުމީ ޓީމަށް 17 މެޗު ކުޅެފައިވާ ޗިލްވެލް މިފަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވީ މިދިޔަ ސީޒަނުގައި ދިމާވި ކަކުލުގެ ލިގަމެންޓް އަނިޔާއަކުން (އޭސީއެލް އަނިޔާއަކުން) ރަނގަޅުވެ، ބުރަކޮށް މަސައްކަތް ކޮށްގެންނެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޗިލްވެލްގެ ލިގަމެންޓަށް ދިމާވި އަނިޔާގެ ސަބަބުން ސާޖަރީއެއް ހަދައި، އޭގެ ފަހުން އޭނާ ކުޅެން ނުކުތީ ސީޒަނުގެ ފަހު މެޗުގައެވެ. އެއީ މިއަހަރުގެ މޭ މަހުގައެވެ.
މި ސީޒަނުގެ ފެށުން ޗިލްވެލްއަށް އެންމެ ރަނގަޅު ނޫން ނަމަވެސް، މިހާރު އަނެއްކާވެސް ހުރީ ރަނގަޅު ފޯމަކަށް އަޅަން ފަށާފައެވެ. އިންގްލެންޑުން އެންމެފަހުން ކުޅުނު އެކުވެރިކަމުގެ މެޗު ސްކޮޑުގައިވެސް ޗިލްވެލް ވަނީ ހިމެނިފައެވެ.
"އޭސީއެލްގެ އަނިޔާއާއެކު އަހަރެން އުންމީދުތައް އޮތީ ވޯލްޑް ކަޕަށް. ބުރަކޮށް މަސައްކަތްކޮށް އަނިޔާއިން ރިކަވާވެ، ވޯލްޑް ކަޕުގެ ހުވަފެން ދެކިގެން ހުރީ. އެހެންނަމަވެސް އިއްޔެގެ ސްކޭން ނަތީޖާއާއެކު އަހަންނަށް ޔަގީންވެފައި އޮތީ ވޯލްޑް ކަޕް ގެއްލޭނެކަން. އެނބުރި އައިސް ޗެލްސީއަށް ކުޅުމަށް ބުރަކޮށް މަސައްކަތްކުރާނަން. މިއީ ހިތްދަތި ހަބަރެއް،" އަނިޔާއާ ގުޅިގެން ޗިލްވެލް ބުންޏެވެ.
ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ އިންގްލެންޑްގެ ޑިފެންސަށް އަނިޔާގެ އިތުރު މައްސަލަތަކެއްވެސް އެބަހުއްޓެވެ. އެގޮތުން ޗެލްސީގެ ލެފްޓް ވިންގް ބެކް، ރީސް ޖޭމްސްގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަށްވެސް ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަމަށް ބެލެވިފައި އޮތް އިރު، ކައިލް ވޯކާ ފިޓްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއްވެސް ނެތެވެ. އޭގެ އިތުރުން ފަހަކަށް އައިސް އިންގްލެންޑް ސްކޮޑުން ޖާގަ ހޯދަމުން އަންނަ ކައިލް ވޯކާ-ޕީޓާސްވެސް ހުރީ އަނިޔާގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022