ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ދާއިރާތަކުގެ އިންތިހާބާ ގުޅޭގޮތުން ވިލިމާލެ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ ދައްކަވަނީ ދޮގު ވާހަކަތަކެއްކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމްއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެތެރޭގެ އިންތިހާބުގެ މަސްލަހަތު ގެއްލޭގޮތަށް ބައެއް ފަރާތްތަކުން އެ އިންތިހާބުގެ ތެރެއަށް ވަދެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އޭގެ ތެރޭގައި ޕީޕީއެމްގެ މެންބަރުކަމުން ވަކިކޮށްފައިވާ މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާ ތަމްސީލުކުރައްވާ ކައުންސިލަރު ނަހުލާ އަލީ މި އިންތިހާބުގައި ވާދަކުރާ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ބުނަމުންދާ ކަމަށާއި އަދި ޕާޓީގެ ރައީސްގެ ތާއީދު އޮތީވެސް ވަކި ކެންޑިޑޭޓަކަށް ކަމަށް ބުނެ ގޭގެއަށް ޒިޔާރަތް ކުރުމާއި، މީހުންނާ ބައްދަލުކުރުމާއި، ތަފާތު ފޯރަމްތަކުގައިވެސް އެގޮތަށް ބުނަމުންދާކަން ވަނީ ފާހަގަވެފައެވެ" ޕީޕީއެމް އިން ބުންޏެވެ.
ޕީޕީއެމްއިން ބުނީ ނަހުލާއަށް އެ ކޯލިޝަންގެ ކަންކަމާ ބެހި ބަސް ބުނުމުގެ ހައްގު އެއްގޮތަކަށް ވެސް ލިބިގެންނުވާ ކަމަށެވެ.
ޕީޕީއެމްއިން ބުނީ އެ ކޯލިޝަނަށް ނިސްބަތްވާ ޕާޓީގެ މެންބަރަކަށް ނުވާ ކެންޑިޑޭޓަކު ހޮވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ނަހުލާ ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އެފަދައިން ބަޔަކު މަސައްކަތް ކުރި ނަމަވެސް އެކަން ބަލައިނުގަތުމަށް ވެސް ޕީޕީއެމްއިން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު