ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ގދ. ހޯނޑެއްދޫ/ ސްވެން، އަބްދުﷲ ރަޝީދު މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ބުނެ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފިއެވެ.
ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނެވެ.
ކޮމިޓީން ބަލައި ދިނުމަށް އެދި ހުށަހެޅި އެ މައްސަލައިގައި ފިރުޝާން ވިދާޅުވެފައި ވަނީ، އަބްދުﷲ ރަޝީދު މަރުވީ ފުލުހުންގެ އިހުމާލުން ކަމަށައި އެ ހާދިސާ ހަަމަލޮލުން ދުށް މީހެއްގެ ހައިސިއްޔަތުން އެކަން ކޮމިޓީއާ ހިއްސާކުރަން ބޭނުންވާ ކަމަށެވެ.
241 ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު، ހިތަދޫ އުުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ކަމާބެހޭ ފަރާތްތަކުން އެ މައްސަލައިގެ މައުލޫމާތު ހޯދުމަށްފަހު، އެ މައްސަލަ ކޮމިޓީއަށް އެޖެންޑާ ކުރައްވާނެ ކަމަށެވެ.
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ގިނަ ފަރާތްތަކަކުން ތުހުމަތު ކުރަމުން ދަނިކޮށް، ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އޭނާގެ ހަށިގަނޑު މިދިޔަ އާދިއްތަ ދުވަހު ވަނީ އިންޑިއަށް ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު