އަންނަ އަހަރުގެ ބަޖެޓުގައި 141 ބަނދަރާއި 50 ރަށެއްގެ މަގު ރަނގަޅު ފެންވަރަކަށް ހަދަން ހިމަނައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ސަރުކާރުން 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
އަމީރު ވިދާޅުވީ ކަނޑު ދަތުރުފަތުރުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ލުއިފަސޭހަވެސް ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ދަތުރުފަތުރުގެ ނިޒާމުގެ ލުއިފަސޭހަކަން ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ ލަފާފުރުމުގައި ހުރި ދަތިތަކަށްވެސް ހައްލު ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި 141 ރަށެއްގެ ބަނދަރު ހެދުމާއި އަޕްގްރޭޑު ކުރުމަށް 384 މިލިއަން ރުފިޔާ އަދި ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއުތަކަށް 171.6 މިލިއަން ރުފިޔާ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓު ފެސިލިޓީން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ 42.6 ބިލިއަން ރުފިޔާއެވެ. ނަމަވެސް ލޯނުތައް ދެއްކުމާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކަން ޖެހޭ ފައިސާ އުނި ކުރުމަށްފަހު، ދައުލަތުގެ ސީދާ ހަރަދުތަކަށް ބަޖެޓުކޮށްފައި ވަނީ 40.6 ބިލިއަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު