ރަޝިޔާގެ އަޒުރު އެއާގެ ސީދާ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.
އަޒުރު އެއާއަކީ ކޮންމެ އަހަރެއްގެވެސް ޓޫރިސްޓް ސީޒަނާ ދިމާކޮށް ރާއްޖެއަށް އުދުހޭ އެއާލައިނެކެވެ. އެ އެއާލައިންގެ ދަތުރުތައް މި އަހަރު ރާއްޖެއަށް ފެށީ މިދިޔަ ހުކުރު ދުވަހުއެވެ.
އަޒުރު އެއާއިން ރަޝިއާގެ ވެރިރަށް މޮސްކޯއާއި ރާއްޖޭގެ މައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އާ ދެމެދު ދުވާލަކު ދަތުރެއް ކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ 336 މީހުންގެ ޖާގައިގެ ބޯއިން 767 މަރުކާގެ ބޯޓެކެވެ.
ރަޝިޔާއަކީ ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް އެ ގައުމުން 159,657 މީހުން އައިސްފައިވެއެވެ.