މާފުށީ ޖަލުގައި ތަމްރީން ހަދަމުންދިޔަ އަންހެނަކު މަރުވެއްޖެއެވެ.
މިކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް މަރުވިކަން ފިޔަވާ އިތުރު އެއްވެސް ތަފުސީލެއް ނުދެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 18 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ މޫދުގައި ތަމްރީނެއް ހަދަމުންދަނިކޮށް ކަމަށްވެސް އެނގިފައިވެއެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާފުށީގައި ޓްރެއިނިން ހަދަމުންދިޔަ ކަރެކްޝަނަލް ސާވިސްގެ މުވައްޒަފެއް ގެނބިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންދިޔަކަމުގެ މައުލޫމާތު 11:15 ހާއިރު ލިބުނު ކަމަށެވެ.
އަދި އޭނާ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދިން ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު