އޭޝިއާ ބައްރުގެ ސިޓީތަކުގެ ތެރެއިން މިމަހު އެންމެ ބޮޑަށް ވަައިފެން ތަޣައްޔަރުވެފައިވާ ދިހަ ސިޓީގެ ތެރެއިން 8 ސިޓީ ނިސްބަތްވަނީ އިންޑިޔާއަށް ކަމަށް ވޯލްޑް އެއަރ ކޮލިޓީ އިންޑެކްސްއިން ދައްކައިފިއެވެ.
އެންމެ ބޮޑަށް ވައި ނުސާފުވެފައިވާ ސިޓީއަކީ ހަރިޔާނާ ސްޓޭޓްގެ ގުރުގްރާމެވެ. އެރަށުގެ އޭކިއުއައިގެ މިންވަރަކީ އިންސާނުން ނޭވާލުމަށް ނޭކަށޭނަ މިންވަރެއް ކަމުގައިވާ 679 އެވެ. އޭކިއުއައިގެ ނިސްބަތް 200 އަށްވުރެ މަތިވުމަކީ އިންސާނުންގެ ސިއްހަތަށް ވަރަށް ބޮޑު ނުރައްކަލެކެވެ.
މި ލިސްޓުގައި ދެން ހިމެނޭ އިންޑިޔާގެ ސިޓީތަކަކީ ހަރިޔާނާ ސްޓޭޓްގެ ދަރުހޭރާ، ބިހާރު ސްޓޭޓްގެ މުޒައްފަރުޕޫރު، އުއްތަރުޕްރަދޭޝް ސްޓޭޓްގެ ލަކްނޫ، ޕަންޖާބު ސްޓޭޓްގެ އާނަންދަޕޫރު، މަދިޔަޕްރަދޭޝް ސްޓޭޓްގެ ބޯޕާލް، މަހާރަޝްތުރާ ސްޓޭޓްގެ ޚަދަކުޕަޑާ، އަދި އުއްތަރުޕްރަދޭޝް ސްޓޭޓުގެ ދާރްޝަން ނަގަރެވެ.
އިންޑިޔާ ނޫން ސަހަރުތަކުގެ ތެރެއިން އެންމެ ބޮޑަށް ވައިނުސާފު އޭޝިއާގެ ދިހަ ސިޓީގެ ލިސްޓުގައި ހިމެނެނީ ޗައިނާގެ ޒިއާއޯޝިޝާން ބަނދަރާއި މޮންގޯލިއާގެ ވެރިރަށް އުލާންބާޓަރެވެ. މި ލިސްޓުގައި ހިމެނޭ ކޮންމެ ސިޓީއަކީވެސް ފެކްޓަރީތައް ނުހަނު ގިނަ ސިނާއީ ސިޓީތަކެކެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ