ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގދ. ހޯނޑެއްދޫ/ ސްވެން, އަބްދުالله ރަޝީދު މަރުވި މައްސަލާގައި ކަން ހިންގަމުން އަންނަ ގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން އަހުމަދު މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ, އަބްދުالله ރަޝީދު މަރުވި ހާދިސާގައި ކަންހިނގައި ދިޔަ ގޮތް އިންސާފުވެރިކަމާއެކު ރަނގަޅަށް ތަހުގީގުކުރުމަށް އިރުޝާދު ދެއްވައި, ހޯމް މިނިސްޓަރު އިމްރާން އަބްދުالله އާ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.
އަބްދުﷲ ރަޝީދު މަރުވި ހާދިސާގައި ކަން ހިންގައިދިޔަ ގޮތް އިންސާފުވެރިކަމާއެކު ރަނގަޅަށް ތަހުގީގުކުރުމަށް ރައީސް، އިމްރާނަށް އިރުޝާދު ދެއްވާފައިވާ އިރު، އެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާ ކަމަށް ތަހުގީގަށް ސާބިތުވެއްޖެ ނަމަ، އެކަމާ ގުޅިގެން އަޅަންވާ ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން އިހުމާލެއްވޭތޯ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މަރާ ގުޅިގެން ތަހުގީގުގެ ޕްރައިމަރީ އިންވެސްޓިގޭޓިން އެޖެންސީއަކީވެސް އެންއައިސީއެވެ. އެހެންކަމުން މި މައްސަލައާ ގުޅޭ ގޮތުން ހިންގާ މުއާމަލާތްތައް ހިންގާނީވެސް އަދި މައްސަލައާ ގުޅޭ މައުލޫމާތު އާންމު ކުރާނީވެސް އެ ކޮމިޝަނުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު