ހުރަވީ ބިލްޑިންގް ހުރި ބިމުގައި 226 ސައިކަލުގެ ޕާކިން ޒޯނެއް ހަދައިފިއެވެ.
ދުވަސްވެ ބާވުމުން މި ސަރުކާރުން ހުރަވީ ބިލްޑިންގް ތަޅާލައި އެތަނުގައި ޕާކަކާއި ޕާކިން ޒޯނެއް ހަދަން ނިންމައި، އެ މަސައްކަތް ފެށީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, ހުރަވީ ބިލްޑިން ހުރި ބިމުގައި ސައިކަލް ޕާކިން ޒޯނެއް ކުރަހައިދިނުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށާފައިވާ ކަމަށެވެ. އަދި އެތަނުގައި 226 ސައިކަލް ޕާކު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކުރީކޮޅު ހެދި ހުރަވީ ބިލްޑިންގުގައި މި ފަހަކާ ޖެހެންދެންވެސް ސަރުކާރުގެ ބައެއް އޮފީސްތައް ހިންގިއެވެ. ނަމަވެސް އިމާރާތް ބާވުމުން އެތަނުގައި ހިންގަމުން އައި އޮފީސްތައް އެހެން ތަންތަނަށް ވަނީ ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު