ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ، ގދ. ހޯނޑެއްދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 41 އަހަރުގެ ދިވެހި ފިރިހެނަކު މެއަށް ތަދެއް އަރައި، ސީޒާއެއް ޖެހުންފަދަ އަލާމަތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލި ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މީހާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ މީހާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކުއްޔަށް ހިފާފައިވާ ލޯންޗެއްގައި ކަމަށާއި އެ ލޯންޗުގައި އެ ވަގުތު އާންމުވެސް ތިބިކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާއާ ގުޅޭ މައުލޫމާތު ނޭޝަނަލް އިންޓްގިރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިޔަމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އާ ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހެކެވެ.
މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން "ވަން" އަށް މިރޭ ވިދާޅުވީ، އެ މީހާ މަރުވުމާ ގުޅިގެން ސިއްހީ މަރުކަޒު ކައިރިއަށް މީހުން އެއްވެ މުޒާހަރާކުރަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު