ވިލިނގިލީ ދާއިރާގެ މަޖިލިސް މެންބަރު ސައުދު ހުސެއިން އެމްޑީޕީއަށް ބަދަލުވެވަޑައިގެންނެވި ކަމަށް، އެ މެންބަރުގެ ސިޓީ ރައްޔިތުންގެ މަޖިލީހަށް ލިބިފައި ނުވާތީ މަޖިލީހުގައި ތިއްބެވި އަމިއްލަ މެންބަރުންގެ ފުރުސަތުތަކަށް ހިޔަނި އެޅެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާލުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު، މެންބަރު ސައުދު އެމްޑީޕީއަށް ބަދަލުވި ނަމަވެސް ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށްވާތީ މަޖިލީހުގެ ތެރެއިން ހަމަޖައްސަން ޖެހޭ ކަންތައްތައް ހަމަޖެއްސުމަށް އުނދަގޫތަކެއް ކލުރިމތިވެފައިވާކަން ފާހަގަ ކުރައްވައި ވާހަކަފުޅު ދައްކަވަމުނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މެންބަރު ސައުދު ޕާޓީ ބަދަލު ކުރައްވާފައިވާކަން އެމްޑީޕީންނާއި އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް "އެއީ ހުރިހާ ލިޔެކިޔުން ނޫންކަމަށް މަޖިލީހުގެ އަމީން އާއްމު ވިދާޅުވޭ، އަދި އެ މެންބަރުގެ ސިޓީ މަޖިލީހަށް ލިބެން އެބަ ޖެހޭ، މިހެން މިކަން ހަމޖެހިގެން ނުދާތީ އަމިއްލަ މެންބަރުންގެ ފުރުސަތުތަކަށް އެބަ ހިޔަނި އަރާ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން އެކަން ވީ އެންމެ އަވަހަކަށް ހަމަޖައްސަވައިދެއްވުމަށް މަޖިލިސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހަށް ސއުދު އިންތިހާބުވެ ވަޑައިގެންނެވީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ. މަޖިލީހުގައި ސައުދު މިއަދުވެސް ތަމްސީލު ކުރައްވަނީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ. އެހެންކަމުން މަޖިލީހުގައި ބަހުސް ކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަމިއްލަ މެންބަރުންނަށް ކަނޑައަޅާ ވަގުތުގެ ތެރެއިންނެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް