ސްޕޭސްއެކްސް އިން އޭވިއޭޝަނަށް ނުވަތަ ފުލައިޓް ތަކަށް ދޫކުރާ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ހިދުމަތުގެ ރަސްމީ ތަފްސީލު އާންމުކޮށްފިއެވެ.
ކޮންމެ މަތިންދާބޯޓަކަށް 350 އެމްބީޕީއެސް އާއި ހަމައަށް ސްޕީޑް ލިބޭ އިންޓަނެޓް ފޯރުކޮށްދޭނެ ކަމަށް ސްޕޭސްއެކްސް އިން ވަނީ ވައުދުވެފައެވެ. އެޑެލްޓާގެ ޗީފް އެގްޒެކެޓިވް އެޑް ބަސްޓިއަން ވިދާޅުވީ ހަވާއީ އެއާލައިނުން 2023 ވަނަ އަހަރު ގެ ކުރީކޮޅު ބައެއް މަތިންދާބޯޓުތަކަށް ސްޓާލިންކް އިންޓަނެޓް ފޯރުކޮށްދޭނެކަމަށެވެ. ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުން ވަނީ ފުލައިޓް ތަކަށް ސެޓެލައިޓް އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ހުއްދަ އެ ކުންފުންޏަށް ދީފަ އެވެ.
ސްޓާލިންކް އޭވިއޭޝަންގެ ސްޓާލިންކް އެއާރޯ ޓާމިނަލްސް އެންޓަނާ ޖަހާފައިވާ ފުލައިޓް ތަކަށް ހުރަހެއް ނެތި އުޑުމަތި ފެންނަހާ ހިނދަކު، ސްޓާލިންކުގެ އިންޓަނެޓް ލިބޭނެ ކަމަށާއި ސްޕީޑް 350 އެމްބީގައި ހިފަހައްޓާނެ ކަމަށްވެސް ވަނީ ބުނެފައެވެ. ސްޓާލިންކް ސެޓެލައިޓްތައް ލޯ އާތު އޯބިޓްގައި ހަރަކާތްތެރިވަމުންދާތީ ދަތިތަކެއް ނެތި އިންޓަނެޓް ފޯރުކޮށްދެވޭނެކަމަށް ވެސް ސްޓާލިންކުން ދެކެވެ. އެހެންނަމަވެސް ފުލައިޓް ޖައްސާ ގަޑިއާއި ފުރާ ގަޑީގައި އިންޓަނެޓް ކަނޑާލާނެ ކަމަށްވެސް ބުނެފައިވެއެވެ. އެ ކުންފުނިން ބުނާ ގޮތުގައި މި ހިދުމަތުގެ ސަބަބުން ފަސިންޖަރުންނަށް ފްލައިޓްގެ މެދުތެރޭގައި ތިބެގެން ވީޑިއޯ ކޯލް ކުރުމާއި އޮންލައިން ގޭމް ކުޅުމާއި ވީޕީއެން ބޭނުން ކުރުން ފަދަ ކަންކަން ދަތުރުމަތީގައި ކުރެވޭނެ ކަމަށެވެ.
މި ހިދުމަތް ފުރަތަމަ ހޯދާ މަތިންދާބޯޓުތަކަށް ސްޓާލިންކުގެ ސެޓެލައިޓް ކިޓް ނުވަތަ އެންޓަނާ މި އަހަރު ފަހުކޮޅު ފޯރުކޮށްދޭނެ ކަމަށާއި އިން-ފްލައިޓް ވައިފައި ހިދުމަތް ދޭ އެއާލައިންތަކުން ކުރިއަށް އޮތް މަސްތަކުގައި އެކަން އިއުލާން ކުރަމުންދާނެ ކަމަށް ސްޓާލިންކުންވަނީ ބުނެފައެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ