ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ފަސޭހަކަމާއެކު ވިލަރެއާލް ބަލިކޮށްފިއެވެ.
ބާސާއިން ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ވިލަރެއާލް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ޕޮލެންޑްގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ދެ ގޯލު ޖަހައިފައިވާ އިރު، އެއީ އޭނާގެ ކެރިއަރުގައި ޖެހި 600 އަދި 601 ވަނަ ގޯލެވެ. ޔޫރަޕްގެ އެންމެ މޮޅު އެއް ފޯވަޑްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ލެވާންޑޯސްކީ ގިނަ ގޯލުތަކެއް ޖެހީ ޖަރުމަނު ލީގުގައެވެ. މިދިޔަ ސީޒަނުގައި އެކަނިވެސް ލެވަންޑޯސްކީ 50 ގޯލު ހަމަކޮށް، ގާޑް މުލާގެ ތާރީހީ ބުންޑަސްލީގާ ރެކޯޑެއް މުގުރާލައިފައިވެއެވެ.
މި ސީޒަނަށް ބާސާއަށް ބަދަލުވެ ލެވަންޑޯސްކީ ކުޅުނު 14 މެޗުގައި 16 ގޯލު ޖަހައިފައިވެއެވެ. ލެވަންޑޯސްކީގެ އިތުރުން ކެރިއަރުގައި 600 ގޯލު ޖަހައިފައިވާ ހަމައެކަނި ކުޅުންތެރިންނަކީ ލިއޮނެލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މިދިޔަ ހަފުތާގެ އެލް ކްލެސިކޯގައި ރެއާލް މެޑްރިޑް ކައިރިން ބަލިވި ބާސާ ލީގު ތާވަލުގެ ދެވަނައިގައި އޮތީ މިހާތަނަށް ކުޅުނު 10 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި އޮތް ރެއާލް ބަލިނުވެ އޮތީ 10 މެޗުން 28 ޕޮއިންޓް ހޯދައިފައެވެ.
ރޭގެ މެޗުގައި ބާސާގެ ތިންވަނަ ގޯލު ޖަހައިދިނީ އަންސޫ ފަޓީއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ