ގަވާއިދާ ހިލާފަށް ރަޖިސްޓަރީ ކޮށްފައިވާ ކަމަށްބުނެ، ޓާންސްޕޯޓް މިނިސްޓްރީން ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލުކުރި މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ނިންމުމަށް އަމަލު ނުކުރުމަށް ސިވިލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، ސިވިލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރަން އެޓާނީ ޖެނެރަލް (އެޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އެ މައްސަލައަކީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން، ރަޖިސްޓްރީ ބާތިލްކުރި 200 އެއްހާ ވެހިކަލްގެ ތެރެއިން 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލުކުރީ ގޯސްކޮށް ކަމަށް ބުނެ، ހަތް މީހަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލައިގައި މައުލޫއީގޮތުން ގޮތެއް ކަނޑައަޅަންދެން އެ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރި ކުރުމަށް އަމަލު ނުކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެ ފަރާތްތަކުން ވަނީ ސިވިލް ކޯޓުގައި އެދިފައެވެ. އެފަރާތަކުން އެދުނު ގޮތަށް ސިވިލްކޯޓުން އިއްޔެ ވަނީ އަމުރު ނެރެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު