ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 12 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނީ، އެތަކެތި އަތުލައިގެންފައިވަނީ މިމަހުގެ އެއްވަނަ ދުވަހު ވައިގެ މަގުން ދުބާއީ އިން ރާއްޖެ އައި ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖުން ކަމަށެވެ.
ޕާކިސްތާނުގެ 48 އަހަރުގެ ފިރިހެން މީހާގެ ލަގެޖުން ފެނުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 10.002 ކިލޯ ހުރި އިރުމ އެ ތަކެތީގެ މަގުމަތީ އަގު 12 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާނެ ކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
މިހާރު ކަސްޓަމްސް އިން ވަނީ އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު