ސެޕްޓެމްބަރު 29، 2017ގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ މަރާލި ގއ. ދާންދޫ/ ގޯލްޑްލީފް، ހާރިސް އަބްދުލްގަފޫރު މަރުގެ މައްސަލާގައި ހުކުމްކުރުން ފަސްކޮށްފިއެވެ.
ހާރިޝް މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނީ ޏ. ފުވައްމުލަކު/ ހިލްޓަން، ޔާމިން ރަޝީދުގެ މައްޗަށެވެ.
އެ މައްސަލައިގެ ހުކުމްކުރުމަށް މިއަދު އޮތީ ހަމަޖައްސައިފައެވެ. ނަމަވެސް އެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައެއް ނުވެއެވެ. ހާރިސްގެ މަރުގެ މައްސަލާގައި ހުކުމް އިއްވުން ފަސްކުރީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށެވެ.
ހާރިސްގެ މަރަކީ ބަދަލު ހިފުމެއް ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.
ހާރިސް ބެލި ޑޮކްޓަރު ތައްޔާރު ކުރި ރިޕޯޓުގައިވާ ގޮތުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ. އޭނާގެ ހަށިގަނޑުގެ 15 ތަނެއްގައި ޒަހަމްތައް ހުރި އިރު، އެންމެ ބޮޑު ޒަހަމެއް ހުރީ ކަރުގައި ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ ޒަހަމްތަކުގެ ސަބަބުން ކަރުތެރޭގައި ހުރި ނާރުތައްވެސް ފެންނަން ހުރި ކަމަށް ރިޕޯޓުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު