ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ވީޑިއޯ ބޭނުންކޮށްގެން މީހުން ބެލްކްމެއިލް ކުރި މައްސަލައިގައި ހައްޔަރު ކުރި ގާނޫނީ ވަކީލު މައުމޫން މޫސާ، ކުރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑުކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި، ބުލެކްމެއިލް ކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑުކޮށް އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާއްމުކޮށްފައިވާ މައްސަލައާ ގުޅިގެން ޖުމުލަ ފަސް މީހަކު ހައްޔަރުކުރިއެވެ.
ނަމަވެސް އޭގެ ތެރެއިން ދެ މީހަކު ވަނީ ފުރަތަމަ ބަންދުގެ އަޑުއެހުމުގައި ކޯޓުން ދޫކޮށްލައިފައެވެ. ދެން ތިބި މީހުންގެ ވަނަވަރު ފުލުހުން ވަނީ މިދިޔަ ހަފުތާގައި ހާމަކޮށްފައެވެ. އެއީ މައުމޫންގެ އިތުރުން ބ. ދަރަވަންދޫ، އަކިރި ހަމްދޫން އަބްދުﷲ (37އ) އާއި އެރަށު، ހީމަ، މުހައްމަދު މިހާދު މުސްތަފާ (24އ) އެވެ.
އެ މީހުންގެ ތެރެއިން ހަމްދޫނާއި މުސްތޮފާ ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. މައުމޫން ހައްޔަރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ކުރިމިނަލް ކޯޓުން އޭރު ވަނީ ހަމްދޫންގެ ބަންދަށް 15 ދުވަސް، މުސްތަފާގެ ބަންދަށް ހަތް ދުވަސް އަދި މައުމޫންގެ ބަންދަށް ދިހަ ދުވަސް ޖަހައިފައެވެ.
މުސްތަފާގެ ބަންދުގެ މުއްދަތު ވަނީ އިތުރު ހަތް ދުވަހަށް އިތުރުކޮށްފައެވެ. މައުމޫންގެ ބަންދުގެ މުއްދަތު އިއްޔެ ހަމަވާތީ، ކޯޓަށް ގެންދިއުމުން އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފައެވެ.
މި މައްސަލައި ހައްޔަރުކޮށްފައިވާ ހައްޔަރުކޮށްފައިވާ ހަމްދޫނަކީ އަލަމްގީރްގެ "ބޮސް" ކަމަށް ތުހުމަތުވާ މީހާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު