މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން، އަދި އިންގްލެންޑްގެ ޑިފެންޑަރު ހެރީ މެގުއާއަކީ ފުޓުބޯޅައިގައި އެންމެ ބޮޑަށް ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހޭ ކުޅުންތެރިޔާ ކަމަށާއި، އެ ހުރިހާ ފާޑުކިޔުންތައް އޭނާ ބަލައިގަންނާނެ ކަމަށް ލޫކް ޝޫ ބުނެފިއެވެ.
މެގުއާއަށް މި ސީޒަނުގެ މިހާތަނަށް ގޮސްފައި ވަނީ އުނދަގޫ ހާލަތެއްގައެވެ. ޔުނައިޓެޑްގެ ފުރަތަމަ 11 އިން ޖާގަ ގެއްލުމުގެ އިތުރުން އިންގްލެންޑް ގައުމީ ޓީމުގެ ޖާގައަށްވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ. އެންމެފަހުން ޖަރުމަނާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލަކީވެސް މެގުއާގެ ގޯހަކުން ޖަރުމަނަށް ލިބުނު ޕެނަލްޓީއެއްގައި ޖެހި ގޯލެކެވެ.
"ހެރީއަކީ ތަފާތު ރަނގަޅު، މޮޅުވެސް ކުޅުންތެރިއެއް. މިހާތަނައަށް ކުޅުންތެރިއަކަށް އަމާޒުވާ އެންމެ ބޮޑެތި ފާޑު ކިޔުންތައް އަމާޒުވަނީ އޭނާއަށް. އެކަމަކު އޭނާ އެހުރިހާ ފާޑުކިޔުންތަކަކާ ކުރިމަތިލާނެ. މެގުއާއަކީ ކަންކަން ސިއްރުކޮށް ފިލާނެ މީހެއް ނޫން ކަންވެސް ފެންނާނެ. މެގުއާ ފާޑު ކިޔުންތަކާ ކުރިމަތިލަނީ ފާޅުގައި، ސްޕޮޓްލައިޓްގައި ހުރެ،" ޝޯ ބުންޏެވެ.
ޝޯ ބުނެފައި ވަނީ މެގުއާއާ މުޅި ދުނިޔެވެސް ދެކޮޅުހެން ހީވާ ކަމަށާއި، އެކަމުގެ ސަބަބުން އޭނާގެ ކޮންފިޑެންސަށް އަސަރު ކޮށްފައިވާ ކަމަށެވެ.
"މެގުއާއަށް މިއީ އުނދަގޫވެސް ހާލަތެއް. އެހެންނަމަވެސް ޓީމު އެއްކޮށް އޮތީ އޭނާއާއެކު. އޭނާގެ ފަހަތުގައި. ކޯޗު ސައުތުގޭޓްވެސް އޭނާއަށް އިތުބާރު ކުރާނެ. މެގުއާގެ މުހިއްމުކަން ޔޫރޯއަށް ބަލައިލުމުންވެސް އެނގޭނެ،" ޝޯ ބުންޏެވެ.
މެގުއާގެ ހާލަތު ބަދަލުކުރުމަށް އޭނާއަށް މިހާރު މާ ގިނަ ދުވަހެއް ނެތެވެ. ނޮވެމްބަރު މަހުގައި އޮންނަ ވޯލްޑް ކަޕަށް އިންގްލެންޑް ތައްޔާރުވަމުންދާ އިރު، ކޯޗު ގެރެތު ސައުތުގޭޓަށް ވަނީ ޕްރެޝަރާ ކުރިމަތިވެފައެވެ. ހާއްސަކޮށް ސްކޮޑު ނެގުމުގައި މިފަހަރު ސައުތުގޭޓަށް އުނދަގޫތަކާ ކުރިމަތިވާނެއެވެ.
ހެރީ މެގުއާ
ހެރީ މެގުއާ
ހެރީ މެގުއާ
ހެރީ މެގުއާ