މުޅި ގައުމުގައި މުޒާހަރާތައް ކުރިއަށްދާތީ އީރާން ސަރުކާރުން ގައުމުގެ ބޮޑު ބަޔަކުން އިންޓަނެޓް ކަނޑާލާފައި ވަނިކޮށް އެގައުމުގައި ސްޓާލިންކް ސެޓެލައިޓް އިންޓަނެޓްގެ ހިދުމަތް ލިބޭގޮތް ހަދާނެ ކަމަށް ސްޕޭސްއެކްސްގެ ސީއީއޯ އެލޮން މާސްކް އިއުލާނުކޮށްފައެވެ.
އީރާނުގައި އިންޓަނެޓްގެ މިނިވަންކަމަށް ތާއީދުކުރާ އެޕްލިކޭޝަންތަކަށް މަރުހަބާ ކިޔާނެ ކަމަށް ޓްރެޒަރީން ބުނުމުން އީރާނުގައި ސްޓާލިންކް ހިންގުމުގެ ހާއްސަ ހުއްދައަށް އެދެން ރާވާފައިވާ ކަމަށްވެސް މާސްކް މި ދިޔަ ހަފްތާގެ ހޯމަ ދުވަހު ވަނީ އިއުލާންކޮށްފަ އެވެ.
އެލަން މާސްކްގެ ސްޕޭސްކްރާފްޓް އުފައްދާ ކުންފުނި ސްޕޭސްއެކްސްގެ ޑިވިޝަނެއް ކަމަށްވާ ސްޓާލިންކްގެ އިންޓަނެޓްގެ ހިދުމަތް 2019 ފެށިގެން ދުނިޔޭގެ އެކި ހިސާބު ތަކަށް ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ ގޮތުން އެތައް ހާސް ސެޓެލައިޓްތަކެއް ހިންގަ އެވެ. އިންޓަނެޓްގެ ހިދުމަތް ނުލިބޭ ދުނިޔޭގެ އެކި ހިސާބުތަކަށް މި ސެޓްލައިޓް ތަކުން އިންޓަނެޓް ފޯރުކޮށްދެމުން އަންނައިރު އިންޓަނެޓް ކޮންޓޮރޯލްކޮށް ސެންސަރުކުރާ ގައުމުތަކަށްވެސް ސުޓާލިންކްގެ އިންޓަނެޓް ބޭނުން ކުރެވޭ ގޮތް ހަދައެވެ.
ފުލުހުންގެ ބަންދުގައި ހުރި އުމުރުން 22 އަހަރުގެ މަހްސާ އަމީނީ މަރުވުމާ ގުޅިގެން މިދިޔަ ހަފްތާގައި ފެށި މުޒާހަރާތަކުގެ ތެރޭގައި އީރާނުން ވަނީ އާންމުންނަށް އިންޓަނެޓް ނުލިބޭ ގޮތަށް ކަނޑާލާފައެވެ. އަމީނީ ނަހަމަ ގޮތުގައި ހިޖާބު އަޅައިގެން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭގެ ދުވަސްކޮޅެއް ފަހުން ވަނީ މަރުވެފައެވެ.
އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނީ އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. ނަމަވެސް އޭނާގެ އާއިލާއިން ބުނީ އޭނާގެ ގައިގައި ވަރަށް ބޮޑަށް ތަޅައިފައި މުޒާހަރާ ކޮށްފައިވާ ކަމަށެވެ. މި މުޒާހަރާތަކުގައި އަމީނީއަށް ވީ ގޮތާއި އީރާނުގެ ސިޔާސަތާ ދެކޮޅު ހަދައިގެން ގިނަ އަންހެނުންގެ ޙިޖާބު އަންދާލައި އިސްތަށިގަނޑު ކޮށާފައިވާތީ ގިނަ ބަޔަކު ވަނީ ޙިޖާބު އަންދާލައި އިސްތަށިގަނޑު ކޮށާލާފައެވެ. އިންޓަނެޓްގެ ހިދުމަތް ކަނޑާލަނީ މިފަދަ ކަންކަން އާންމުވެ ފެތުރިދާނެ ކަަމަށް ބެލެވިގެންނެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ