Close
ޚަބަރު

އަބަދު ބޮޑުވެގެން އިސްތިއުނާފުކުރުމަކީ އަލަށް ކުރާ ކަމެއް ނޫން: ޝަމީމް

އަލީ ޔާމިން

ކުށް ސާބިތުވާ ކަމަށް ނިންމާފައިވާ މައްސަލަތަކާއި އަދަބު ދިން ގޮތާ މެދު ހިތްހަމަ ނުޖެހިގެން މައްސަލައެއް އިސްތިއުނާފު ކުރުމަކީ ޕްރޮސެކިއުޓަރުން އަލަށް ކުރާ ކަމެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ، އޭނާގެ އަމިއްލަ ބްލޮގްގައި އިއްޔެ ޝާއިއު ކުރެއްވި މަޒުމޫނެއްގައެވެ.

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުއަށް ކުރިމިނަލް ކޯޓުން ކުރި އެއް އަހަރާއި ދެ މަހަށް ޖަލު ހުކުމް އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ޕީޖީން ވަނީ ނިންމައިފައެވެ. ޕީޖީން އެގޮތަށް ނިންމީ، އަބްދުއްރަހްމާނަށް އިއްވި ހުކުމްގެ އަދަބު ކަނޑައެޅި ގޮތާމެދު ހިތްހަމަ ނުޖެހޭތީއެވެ.

ޕީޖީ ޝަމީމް އަމިއްލަ ބްލޮޖްގައި މިއަދު ޝާއިއުކުރެއްވި މަޒުމޫނުގައި ވިދާޅުވީ، ދައުލަތުގެ ޕްރޮސިކިއުޓާ ޖެނެރަލްގެ ދައުރަކީ ގާނޫނުގައިވާ ގޮތުގެ މަތިން އިންސާފު ގާއިމު ކުރުމާއި ފަނޑިޔާރު ގާނޫނު މާނަ ކުރައްވައި އަދަބު ކަނޑައެޅުމުގައި ގާނޫނާ އެއް ގޮތަށް، ރަނގަޅު ހަމަތަކެއް ބޭނުން ކުރިކަން ކަށަވަރު ކުރުން ކަމަށެވެ.

"... ކުށް ސާބިތުވާ ކަމަށް ނިންމާފައިވާ މައްސަލަތަކާއި އަދަބު ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން މައްސަލައެއް އިސްތިއުނާފު ކުރުމަކީ އަސްލު މަސައްކަތުގައި އުޅުއްވާ ވަކީލުންނާއި ޕްރޮސިކިއުޓަރުން އަލަށް ކުރާ ކަމެއް ނޫނެވެ. އަބަދުވެސް ހިނގާ ކަމެކެވެ."

ޝަމީމް އިތުރަށް ވިދާޅުވީ، އަދަބުގެ ދަރަޖަ މަތިވުމާއި ތިރިވާން ޖެހޭނީ ވަކި ތަރުތީބަކުން ކަމަށާއި އެ ތަރުތީބު ގެއްލުވާލުމަކީ ގާނޫނުގެ މަގުސަދާ ފުށޫ އަރާ ކަމެއް ކަމަށެވެ.