ހުޅުމާލޭ ފޭސް ދޭކުން ގެއްލުނު މީހާ އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފޭސް ދޭކުން ގެއްލިގެން ހޯދަމުންދަނީ މުހައްމަދު އަޒުހާން، 27އ. އެވެ. އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 7:00 ހާއިރު ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، އަޒުހާން އަދިވެސް ފެނިފައިނުވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އަޒުހާން ހޯދުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލަމުންދާ ކަމަށެވެ.
އަޒުހާން އެންމެފަހު ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެކެވެ.
އަޒުހާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނަމްބަރު 9393351 އަށް ގުޅައި މައުލޫމާތު ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު