އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ތިން މީހުން ކަމަށެވެ. އެއީ 44 އަހަރުގެ މީހަކާއި 47 އަހަރުގެ މީހެއްގެ އިތުރުން 50 އަހަރުގެ މީހެއް ކަމަށެވެ.
އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެންމެންގެ ވެސް ބަންދަށް ކޯޓުން 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ އަންގާރަ ދުވަހު ވެސް ފުލުހުން ވަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފައެވެ.
އެއީ 45 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 49 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 45 އަހަރުގެ މީހާއަށް ފަސް ދުވަސް، 47 އަހަރުގެ މީހާ އާއި 49 އަހަރުގެމީހާއަށް 14 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މީގެ ކުރިންވެސް ބައެއް މީހުން ހައްޔަރުކޮށް ދައުވާކޮށްފައިވެއެވެ. އޭގެ ތެރޭގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ކުރީގެ މެންބަރު މުހައްމަދު ނަޝީދާއި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއު ހިމެނެއެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރަށް ވަނީ ހަތް މަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު