އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ އަހުމަދު ނާޒިމް އަބްދުއްސައްތާރުގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.
ބަންގަދޭޝަންގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ހައްޔަރުކުރީ ރިސޯޓެއްގައި ހުއްޓައި ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. އެ މައްސަލައިގެ ތަހުގީގު ނިމުމުން ބަންދުގައި އިތުރަށް ނުބެހެއްޓުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ފުލުހުންނަށް އެންގުމުން މިމަހުގެ 12 ވަނަ ދުވަހު ނާޒިމް ވަނީ ދޫކޮށްލައިފައެވެ.
ނާޒިމް ސައްތާރުގެ ޝަރީއަތް ކުރިމިނަލް ކޯޓްގައި ތައާވަލުކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:30އަށެވެ. އެ އަޑުއެހުން ކުރިއަށް ގެންދަން ނިންމާފައިވަނީ ސިއްރުކޮށްގެންނެވެ.
ޕީޖީން ނާޒިމްގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.
ނާޒިމްގެ އިތުރުން އެމައްސަލައިގައި ދެން ދައުވާކޮށްފައިވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ކުރީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު އަށެވެ. އެގޮތުން ނަޝީދުގެ ޝަރީއަތް މިހާރު ވަނީ ފަށައިފައެވެ.
މި މައްސަލައިގައި ދެން ދައުވާކޮށްފައިވާ އަލަމްގީރް، ގިނަ އަދަދެއްގެ ދިވެހިންގެ ބަޔަކާއެކު ބަދުއަޚުލާގީ އަމަލު ހިންގިކަމަށް އިއުތިރާފުވުމާ ގުޅިގެން އޭނާ ހަތް މަހަށް ޖަލަށް ލުމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު