އައްޑޫ ސިޓީ ހިތަދޫ މާކިޅީގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގު ބުރުކައިރި ވަލުތެރޭގައި ހުރި ގަސްތަކެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 5:25 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މާކިޅީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާނުލެއްވި ބާރަށް ދަނީ ފެތުރެމުންނެވެ.
މިދިއަ ފެބްރުއަރީ މަހު ވެސް މާކިޅީގައި ވަނީ އަލިފާން ރޯވެފައެވެ. އެ ފަހަރު ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ގާތްގަނޑަކަށް 12 ގަޑިއިރު ފަހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު