ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" އަށް ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސިނާއަތްތަކަށް މަސައްކަތްކޮށްދީފައިވާ ފަރާތްތަކާއި ތަންތަނުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި ދޭ މި އެވޯޑަށް 25 ދާއިރާއަކުން ނަން ހުށަހެޅޭނެއެވެ.
- މޮސްޓް އިނޮވޭޓިވް ރިސޯޓް
- މޮސްޓް އިނޮވޭޓިވް ހޮޓެލް
- މޮސްޓް އިނޮވޭޓިވް ސަފާރީ
- މޮސްޓް އިނޮވޭޓިވް ގެސްޓްހައުސް
- ޓޫރިޒަމް ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް
- ބެސްޓް ޓްރެވެލް އެޖެންސީ
- އެކްސެލެންސް އިން ސީއެސްއާރު ރިސޯޓް
- އެކްސެލެންސް އިން ސީއެސްއާރު ހޮޓެލް
- އެކްސެލެންސް އިން ސީއެސްއާރު ސަފާރީ
- އެކްސެލެންސް އިން ސީއެސްއާރު ގެސްޓްހައުސް
- އެންވަޔަރަމަންޓަލް ސަސްޓެއިނަބިލިޓީ ރިސޯޓް
- އެންވަޔަރަމަންޓަލް ސަސްޓެއިނަބިލިޓީ ހޮޓެލް
- އެންވަޔަރަމަންޓަލް ސަސްޓެއިނަބިލިޓީ ސަފާރީ
- އެންވަޔަރަމަންޓަލް ސަސްޓެއިނަބިލިޓީ ގެސްޓްހައުސް
- ބެސްޓް ޓޫރިޒަމް ޓްރާންސްޕޯޓް ސާވިސް
- ބެސްޓް ޑައިވް ސެންޓަރު – ރިސޯޓް
- ބެސްޓް ޑައިވް ސެންޓަރު – ލޯކަލް އައިލެންޑް
- ވޯޓާ ސްޕޯޓްސް ސެންޓަރު – ރިސޯޓް
- ވޯޓާ ސްޕޯޓްސް ސެންޓަރު – ލޯކަލް އައިލެންޑް
- ބެސްޓް ލޯކަލް ޓޫރިޒަމް އައިލެންޑް
- އެންމެ މޮޅު ލޯކަލް އާޓިސްޓް – ޑީޖޭ
- އެންމެ މޮޅު ލޯކަލް އާޓިސްޓް – މިއުޒިކް
- އެންމެ މޮޅު ލޯކަލް އާޓިސްޓް – މިއުޒިކް ބޭންޑް
- އެންމެ މޮޅު ލޯކަލް އާޓިސްޓް – ގްރޫޕް / ބޭންޑް
- 45 އަހަރު ހިދުމަތް ކޮށްފައިވާ ފަރާތްތައް
ޓޫރިޒަމް މިނިސްޓްރީން ބުނީ މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑި މިމަހުގެ 11 ވަނަ ދުވަސް ކަމަށެވެ. އެވޯޑަށް ނަން ހުށަހަޅަން ޖެހެނީ https://tinyurl.com/mr27rw74 މެދުވެރިކޮށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް މިނިސްޓްރީން ދަނީ ގިނަ ކަންތައްތަކެއް އިންތިޒާމު ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 30 އަހަރަށްވުރެ ދިގު މުއްދަތަށް ހިދުމަތްކޮށްދީފައިވާ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު