ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ހުންނަ ޑިޓެންޝަން ސެންޓަރު ހުރި ބިދޭސީއަކު، އެތަނުގެ ސީލިން ފަޅާލައިގެން ފިލައިފި އެވެ.
ފުލުހުން މިއަދު ބުނީ އެއާޕޯޓުގައި ހުންނަ ޑިޓެންޝަން ސެންޓަރުން ބިދޭސީއަކު ފިލައިގެން ރޭ ފަތިހު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ.
އިތުރު އެއްވެސް ތަފުސީލެއް ނުދެއެވެ.
ފިލާފައި ވަނީ ރާއްޖެއިން މީގެ ކުރިން ޑީޕޯޓްކޮށްފައިވާ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެއް ކަމަށާއި އޭނާ އެއާޕޯޓުގެ ޑިޓެންޝަން ސެންޓަރުގައި ބަންދު ކުރީ އެނބުރި ރާއްޖެ އައުމުން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް، އެކަން ކަށަވަރުކުރަން އިމިގްރޭޝަނަށް "ވަން" އިން ގުޅުމުން އަދި ޖަވާބެއް ނުލިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު