މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި ވައްކަންކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު މީރާ ފަޅާލައި ވައްކަންކުރި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހު އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 45 ދުވަސް އިއްޔެ ޖަހާފައިވާ ކަމަށް ވިދާޅުވިއެވެ.
މި ވައްކަމުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާއަކީ 2014 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ޖަލުގައި ހުރި މީހެކެވެ. އޭނާ މީރާއިން ވައްކަންކުރީ ޖަލުން މިނިވަންވިތާ 21 ދުވަސް ފަހުން ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.
މީރާ އޮފީހުގެ ފުރަގަހުން އިންނަ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެ، އެ އޮފީހުން ވަގަށް ނަގާފައި ވަނީ މުވައްޒަފެއްގެ މޭޒު ކަބަޑުގައި ބާއްވާފައި އޮތް 25 ރުފިޔާއެވެ. އިތުރު އެއްޗެއް އެ އޮފީހުން ވަގަށް ނަގާފައެއްނުވެއެވެ.
މީރާއަކީ 24 ގަޑިއިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓާ ތަނެކެވެ. ނަމަވެސް އެތަނަށް ވަގެއް ވަދެފައިވަނީ ފުލުހުން ތިބޭ ފަޅި ނޫން އަނެއް ފަޅިން ވަދެގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު