މާލޭ މަސްމާރުކޭޓު މަތީބައިގައި މަސްތުވާތަކެތި ބޭނުންކުރާތީ އެތަން ބަންދުކުރަން ސިޓީ ކައުންސިލުން ނިންނަމައިފިއެވެ.
މަސްމާރުކޭޓު މަތީގައި ވިޔަފާރިތަކަށް ކުއްޔަށް ދޫކޮށްފައި ހުންނަ ބައިގައި ގްރޫޕު ހަދައިގެން ބަޔަކު މަސްތުވާތަކެތި ބޭނުންކުރަން ތިބޭ ވީޑިއޯއެއް އިއްޔެ ވަނީ ސޯޝަލްމީޑިއާގައި އާންމުވެފައެވެ. މަސްމާރުކޭޓަކީ ދުވާލުގަޑީގައި މީހުން ގިނަ އަދަދަކަށް ވަދެ ނުކުމެ ހަދާ ތަނަކަށް ވާއިރު، ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި އެތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިޔައީ ދުވާލުގެ ވަގުތެއްގައެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ މަސްމާރުކޭޓު މަތީގައި މަސްތުވާތަކެތި ބޭނުންކުރަމުންދާތީ އެ ކައުންސިލުން ޕޮލިސް ކޮންސްޓިބިއުލަރީ އަދި ޑްރަގު އެންފޯސްމަންޓް ޔުނިޓާ ގުޅިގެން އެތަން ބަންދުކުރަން ނިންމާފައިވާ ކަަމަށެވެ.
މީގެ ކުރިން ވެސް މާލޭގައި ހުސްކޮށް އޮންނަ ބައެއް ބިންތައް ނުވަތަ ތަންތަނުގައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލަތައް ފެންމަތިވެފައިވެއެވެ. ގިނައިން އެތަންތަނުގައި މަސްތުވާތަކެތި ބޭނުންކުރުމަށް ދަނީ ގްރޫޕު ހަދައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު