ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ފުރަން ގޮސް ތިބި ދެ ބިދޭސީއަކު ސްޕައި ކެމެރާ ގެންގުޅުނު މައްސަލައެއްގައި ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް އެއާޕޯޓުން ދެ ބިދޭސީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އެ ދެ ބިދޭސީން ހާޒިރުކޮށްފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނުބުނެއެވެ.
އެނގިފައިވާ ގޮތުގައި އެ ދެ ބިދޭސީން ފުލުހަށް ހާޒިރުކުރީ އަންނައުނުގެ އެތެރެއިން ހަރުކޮށްފައިވާ ސްޕައި ކެމެރާއަކުން އެއާޕޯޓު ވީޑިއޯ ކުރި މައްސަލައަކާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު