ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވެގެން 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ މީހަކު ގޭ ބަންދަށް ބަދަލުކޮށްފިއެވެ.
މިއީ ފުވައްމުލަކު ސިޓީގައި ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ކޮށްފައިވާ ދައުވާއެކެވެ. މި ދައުވާ ތިން މީހެއްގެ މައްޗަށް ސާބިތުވިއެވެ.
އެކަން ސާބިތުވީ ފުވައްމުލައް ސިޓީ, ފުނާޑު، ގިފްޓް، އަހުމަދު އާސިމާއި ހަމަ އެ އަވަށު ނިކަ، މުހައްމަދު ހުސައިންގެ އިތުރުން މިސްކިތްމަގު، ލީނާ، އަބްދުﷲ ފަރުހާދުގެ މައްޗަށެވެ.
އެ ތިން މީހުންގެ މައްޗަށް މިމަހު ހަތްވަނަ ދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، 10 އަހަރަށް ޖަލަށް ލުމަށެވެ. އެއީ އުމުރުން 14 އަހަރާއި 16 އަހަރުގެ ދެ އަންހެން ކުދިންނަށް އެކި ދުވަސް މަތިން ޖިންސި ގޯނާކުރި ކަމުގެ ކުށުގައެވެ.
ނަމަވެސް އެ ތިން މީހުންގެ ތެރެއިން ފަރުހާދު ވަނީ ގޭ ބަންދަށް ދޫކޮށްފައެވެ.
އޭނާ ގޭ ބަންދަށް ދޫކޮށްލަން ހުއްދަ ދީފައިވާ ޗިޓުގައި ބުނެފައިވަނީ، އޭނާގެ ބަލި ހާލަތު ހުރި ގޮތުން އެއް މަސްދުވަހުގެ މުއްދަތަށް ގޭ ބަންދަށް ބަދަލު ކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު